އދ. ދިގުރަށު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި، އެ ރަށުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި އޮޕަރޭޝަނަކީ ދިގުރަށު ތުނޑީގައި ބަނގުރާ ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.