ވިޔަފާރި

ސޮވްރިންގ ކްރެޑިޓް ރޭޓިންގއާއެކު ފަތުވެރިކަމަށް ބޮޑު ކުރިއެރުމެއް


ސަރުކާރުން އާންމު ކުރި ސޮވްރިންގ ކްރެޑިޓް ރޭޓިންގއާއެކު ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތް މިހާރު ހަރުފަތަށްވުރެ މައްޗަށް ޖައްސާލުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް ޓޫރިރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހޮޓެލް އޭޝިޔާ އެގްޒިބިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ބާއްވާ 12 ވަނަ ހޮޓެލް އޭޝިޔާ އެގްޒިބިޝަންއަކީ ފަތުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކަށް ފަހި ފުރުސުތުތަކެއް ލިބިގެންދާ ފެއަރއެކެވެ. މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހަރުފަތުރުން އެނެއް ހަރުފަތަށް ގެންދިއުމަށް ފަތުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން ސަރުކާރާއެކު އަތްގުޅާލާއި މަސައްކަތްކުރަންޖެހޭކަމަށެވެ.

ދާދި ފަހުން ސަރުކާރުން އާންމުކުރި ކްރެޑިޓް ރޭޓިންގއާއެކު ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ހުރި މައި ދާއިރާތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގައި ކްރެޑިޓް ރޭޓިންގއެއް ތަޢާރަފްކުރި ފުރަތަމަ ފަހަރުކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ގިނަ ވިޔަފާރިތަކަކަށާއި ޚާއްސަކޮށް އިޤްތިޞާދުގެ މައިނާރުކަމުގައިވާ ފަތުވެރިކަމުގެ ސިނާއަތަށް ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައެވެ.