ޚަބަރު

ކާވާ އެސޯސިއޭޝަންތަކުގެ ވެރިންގެ ތައުރީފު ރާއްޖެއަށް!


  • ކާވާގެ ކުރީގެ އިސްވެރިންނާއި، ގައުމުތަކުގެ އެސޯސިއޭޝަންތަކުގެ ވެރިންވަނީ މުބާރާތުގެ އިންތިޒާމުތަކަށް ތައުރީފުކޮށްފައި

  • ރާއްޖެ އާދެވުމަކީ ބޮޑު ހިތްހަމަޖެމެއް ކަމަށާއި، މުބާރާތުން މޮޅުނުވިޔަސް މިއީ ގުޅުން ބަދަހިކުރުމަށް ރަނުުގެ ފުރުސަތެއް ކަމަށް ފާހަގަ ކުރި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާގެ "ވިމެންސް ކާވާ ކަޕް 2025" ރާއްޖެ ކަހަލަ ރީތި މާހައުލެއްގައި ކުޅެވޭތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުނެ ކާވާގެ މެންބަރު ގައުމުތަކުން ރާއްޖެއަށް ތައުރީފުކޮށްފިއެވެ.

ކިރްގިސްތާން ވޮލީބޯޅަ ފެޑެރޭޝަންގެ ސެކެއްޓްރީ ޖެނެރަލް ކިލިޗް ސަރްބަގިޝިފް ވިދާޅުވީ ރާއްޖެއިން ދިން މެހެންމާދާރީ އާއި އިންތިޒާމުތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކިރްގިސްތާނުގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ މުބާރާތް ވަރަށް ފުރިހަމައަށް ރާވާފައިވާ ކަމަށާއި، ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ކާވާގެ ރައީސް އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފުގެ ލީޑަރޝިޕްގެ ދަށުން އަންހެނުންގެ ކާވާ ކަޕްގެ އިންތިޒާމުތައް ހުރީ ވަރަށް ފުރިހަމައަށް ކަމަށް އޭނާ ފާހަގަަކުރިއެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ކުރިޔަށް ގެންދާ މި މުބާރާތުގައި "ކޯޓުގައި މޮޕުލާ މީހުންނާއި ހަމައިން ފެށިގެން ސަޕޯޓަރުންނާއި އެގްޒެކެޓީވް ލެވެލްގެ ބޭފުޅުން ކޮށްދެއްވާ ކަންކަން ފާހަގަކޮށް ހަމައަށް ޝުކުރު އަދާކުރަން. ރާއްޖެ އާދެވުމަކި ބޮޑު އުފަލެއް ކަމަށް. ރާއްޖޭގެ އަސްލު މީހުން، ރައްޔިތުންގެ ފަރާތުން މި ކޮށްދޭ ކަންކަން ވަރަށް ފުރިހަމަ" ކިރްގިސްތާނުގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.

ކުޅިވަރު ވުޒާރާ އާއި ސަރުކާރުގެ ފުރިހަމަ ސަޕޯޓު މި މުބާރާތަށް ލިބެމުން އަންނަ ކަމަށާއި، މިއީ ވަރަށް ގުޅިގެން ސަރުކާރާއި ހުރިހާ އިދާރާއަކުން ކުރާ މަސައްކަތެއްކަން ފާހަގަކުރެވޭކަމަށްވެސް ކިރްގިސްތާނުން ފާހަގަ ކުރިއެވެ.

"އުންމީދަކީ މުބާރާތުގައި ކުޅުންތެރިންނަށް އަނިޔާނުވެ އެންޖޯއީކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ތަރުޖިބާކޮށްލުމުގެ ފުރުސަތުލި މި ރީތި ހިތްގައިމު މޫދާއި އިރާ ދޮންވެލީގެ ތަޖްރިބާ ކޮށްލަން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ލިބުން. ރާއްޖެ އާދެވުމަކީ އެކުދިން ވަރަށް ބޮޑު އެޗީވްމެންޓެއް" ކިރްގިސްތާނުގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.

އީރާން ވޮލީބޯޅަ ފެޑެރޭޝަންގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ކާވާގެ އޭވީސީ މެންބަރު އަދި ކުރީގެ އެފްއައިވީބީ އިންޓަނޭޝަނަލް ރެފްރީ މައްސޫދު ޔަޒްލަމްފަނާ ވިދާޅުވީ
ކާވާ އުފެދުންއިރު ވަރަށް ގިނަ މައްސަލަތައް ހުރިކަމަށާއި އެކަމަކު މިފަހަރު އެއްވެސް މައްސަލައެއް ނެތް ކަމަށް ޓެކްނިކަލް ކޮމިޓީގެ ހުރިހާ މެންބަރުންވެސް ފާހަގަކުރެއްވި ކަމަށެވެ.

ބަންގްލަދޭޝް އާއި އީރާނުގެ އެސޯސިއޭޝަނުގެ ވެރިންވެސް ވަނީ މިކަންކަން ފާހަގަކޮށް ރާއްޖެއަށް ތައުރީފުކޮށްފައެވެ. ބަނގްލަދޭޝް ވޮލީބޯޅަ އެސޯސިއޭޝަނުގެ ސީނިއަރ ނައިބު ރައީސް ލަތީފް ޒާހިދީ ވެސް ވަނީ ރާއްޖޭން ހޯސްޓް ކުރާ މި މުބާރާތުގައި ހުރިހާ އިންތިޒާމުތަކެއް ވަރަށް ފުރިހަމަކަން ފާހަގަ ކުރައްވާފައެވެ.

ވިމެންސް ކާވާ ކަޕް 2025 ކުރިޔަށްދަނީ 20- 25 އަށް ސޯސަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ. ރާއްޖެއިން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސީނިއާ އަންހެން ޓީމުން ވަނީ ރަން މެޑަލް ހޯދުމާއި ނުހަނު ގާތުގައެވެ. ޕޮއިންޓް ތާވަލުގައި ރާއްޖެ އޮތީ އެއްވަނައިގައެވެ.