އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ މުޙައްމަދު އައު ކޮށްފިއެވެ.
ދުބާއީގައި މިހާރު ކުރިޔަށްދާ ހެމިލްޓަން އަކުއާޓިކްސް ވިންޓަރ ވޮންޑަރގައި ސާރާ މި ރެކޯޑު އާކޮށްފައިވަނީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަހްމަދެވެ. އެއީ، 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސް ގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.
ސާރާ އަކީ އެންމެ ފަހުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ގައުމީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ފެތުންތެރިއެކެވެ.