ޚަބަރު

އެސްޓީއޯ ރަމަޟާން ބާޒާރުގެ ބޮޑު އިނާމަކަށް 100،000 ރުފިޔާ!


  • ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާރިޗު 2026ގެ ނިޔަލަށް

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ހަފްލާއަކުންނެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރުއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެއެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަބަޔެއްގެ ބޮޑުމި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާރިޗު 2026 ގެ ނިޔަލަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.