ދެ އުޅަނދެއް ފަރަށް އެރުމާ ގުޅުގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެގޮތުން، މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "ފަހިރޯޅި ފަރެސްމާތޮޑާ" ދޯނި ވ. ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށެވެ.
މީގެއިތުރުން، "ހޯކްސް ދޯދި" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ކ. ކުޑަވިލިގިލި ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.