ޚަބަރު

ސްވިއަޓެކް ބަލިކޮށް ރައިބަކީނާ ސެމީ އަށް


ސައުދި އަރަބިއްޔާގެ ރިޔާދު ގައި މިހާރު ކުރިއަށްދާ ޑަބްލިއު ޓީ އޭ ޓެސްނި މިބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެލޭނާ ރައިބަކީނާ ހޯދައިފި އެވެ.

ކަޒަކިސްތާނަށް އުފަން ރައިބަކީނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ހަ ފަހަރު މަތިން ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ އަދި ދުނިޔޭގެ ރޭންކިންގައި ދެވަނައަށް ސީޑު ކޮށްފައިވާ އިގާ ސްވިއަޓެކް އާއި ދެކޮޅަށް ކުޅުނު މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް ހައެއް ތިނެއްގެ ނަތީޖާއަކުން ސްވިއަޓެކް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު ރައިބަކީނާ ކާމިޔާބުކޮށްފައިވަނީ ހައެއް އެކެއް އަދި ހައެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި ދެ ސެޓުގައިވެސް ސްވިއަޓެކްގެ ފަރާތުން ގިނަ ގޯސްތަކެއް ވަނީ ހެދިފަ އެވެ.

ދެވަނަ ސެޓުގައި ހެދުނު ގޯސްތަކުގެ ސަބަބުން ޕޮލެންޑްގެ ސްވިއަޓެކްގެ ހިތްހަމަ ނުޖެހުން ވަނީ ފެނިގެންގޮސްފަ އެވެ. ވިމްބަލްޑަން ޗެމްޕިއަންކަން ހޯދާފައިވާ ސްވިއަޓެކް އަށް މި މެޗުގެ ތިންވަނަ ސެޓުގައިވެސް ޖުމްލަ 17 މިސްޓޭކް ހެދިފައިވާއިރު ރައިބަކީނާ އަށް ވަނީ ހިތްހަމަ ޖެހުން ލިބިފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ރައިބަކީނާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ މެޑިސަން ކީސް އެވެ. އޭނާ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އަމަންޑާ އަނިސިމޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ހަތަރެއް ހައެއް, ހައެއް ތިނެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.