ޚަބަރު

ބްރިޖު ހައިވޭގައި އޯވަރޓޭކް ކުރަންއުޅުމުގެ ތެރޭގައި 2 ކާރެއް ޖެހި އެކްސިޑެންޓެއް


  • މި އެކްސިޑެންޓް ހިނގާފައިވަނީ އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި

  • މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ

ބްރިޖު ހައިވޭގައި އޯވަރޓޭކް ކުރަންއުޅުމުގެ ތެރޭގައި 2 ކާރެއް ޖެހި އެކްސިޑެންޓެއް

ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖް ހައިވޭއިން ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅީގައި 2 ކާރުޖެހި އެކްސިޓެންޓްވި މައްސަލަ މިއަދު ހަވީރު 04:00 އެހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ. ނަމަވެސް 2 ކާރަށްވެސް ގެއްލުންވެފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މަސައްލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.