ކ. ދިއްފުށީ ސުކޫލަށް ކުލާސް ރޫމް އިތުރުކޮށް ގިނަ ޙިދުމަތްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެރަށުގައި މަލްޓިޕާރޕަސް ހޯލާއި 4 ކުލާސްރޫމާއި ސައިންސް ލެބް އަދި ސެން ކުލާސްރޫމް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.
ދިއްފުއްޓަށް މަލްޓިޕާރޕަސް ހޯލާއި 4 ކުލާސްރޫމާއި ސައިންސް ލެބް އަދި ސެން ކުލާސްރޫމް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި މަލްޓިޕާރޕަސް ހޯލާއި 4 ކުލާސްރޫމާއި ސައިންސް ލެބް އަދި ސެން ކުލާސްރޫމް ތަރައްޤީކުރުމުގެ ޢަމަލީ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ. އަދި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް އަދި އެ ދާއިރާގެ މެމްބަރ މީގެ އިތުރުން އެރަށު ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ޖާގަ ނެތް ސުކޫލުތަކަށް ކުލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެއެވެ. އެގޮތުން އިތުރު ޙިދުމަތްތައް ޤާއިމްކުރުމާއި ވަސީލައްތައް ހަރުދާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެއެވެ.