ހުޅުމާލޭ ފޭސް 2 ހިޔާ ޓަވަރު 9 އެއްގައި މިރޭ ދެ ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމަކާ ގުޅިގެން 16 އަހަރިގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހިޔާ ޓަވަރު 9 އެއްގައި ދެބައެއްގެ ދެމެދުގައި އެކަކު އަނެކަކަށް
އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ކުޑަ 3 ކުއްޖަކު މަޢުލޫމާތު ސާފުކުރުމަށް ހުއްޓުވާފައިވާ ކަމަށެވެ. އަދި 16 އަހަރުުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހަމަނުޖެހުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާކަމަށާއި އަދި މާރާމާރީއެއްވެސް ހިންގާފައިވާ ނުވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލަމުންނެވެ.