މޫނުނިވާކޮށްގެން ތިބިބަޔަކު، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭފަތިހު 4:25 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. ސޫޓު ކޭހުގައި ހުރީ ކިހާ ފައިސާއެއް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެވެ.