މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, އެމްޕީއެލްގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްޕީއެލްގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުުޞަތު ހުޅުވާލާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުވުންކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
MPL Internship Program 2025 - Discover Your Future!
— Maldives Ports Limited (@Portmv) October 16, 2025
Take your first step into the professional world with hands-on experience and expert mentorship across fields like Marketing, Administration, Finance, IT, Engineering, and more.
Gain practical skills, career guidance, and real… pic.twitter.com/A055AdfYjw
އިންޓަރންޝިޕް ޕްރޮގްރާމްގައި މިފަހަރު އެމްޕީއެލުން ވަނީ ޖުމްލަ 9 ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާކެޓިން އެންޑް ޕީއާރު، އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އައިޓީ، ޕްރޮކިއުމެންޓް، މެރިން އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ އަދި ސިވިލް އިންޖިނިއަރިން ފަދަ ދާއިރާތަކެވެ.
އެމްޕީއެލްއިން ވިދާޅުވީ، މި ޕްރޮގްރާމުގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓަރއެއް ހަމަޖައްސާނެކަމަށެވެ. އަދި މަސައްކަތުގެ މާޙައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސާނަވީ އިމްތިހާނުތައް ނިންމާފައިވާ އަދި އުމުރުން 18 އަހަރު ނުވާ ކުދިންނަށެވެ. މިއީ އެއްމަސްދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމެއްކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.