ކުޅިވަރު

ވީ އުފަލެއްގެ ބޮޑުކަމުން ޗެލްސީގެ ކޯޗަށް 8000 ޕައުންޑުގެ ޖޫރިމަނާއެއް


ލިވަޕޫލް އަތުން އެންމެ ފަހު ވަގުތު މޮޅުވި މެޗުގައި އުފާފާޅުކުރަން ކުޅިވަރުގެ ރޫހާ ޚިލާފުވި ކަމަށް ބަލައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާއަށް އަދަބުދީފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނާގައި އޮތް ލިވަޕޫލް އަތުން ޗެލްސީ 2-1 އިން މޮޅުވި މެޗުގައި އިތުރު ވަގުތުގައި މޮޅުވި ގޯލު ޖެހުމާއެކު ވީ އުފަލެއްގެ ބޮޑުކަމުން އޭނާ ވަނީ ދުވެފައި ގޮސް ލިވަޕޫލްގެ ޓެކްނިކަލް އޭރިޔާ ތެރެ އަށް ވެސް ވަދެފަ އެވެ. މި މެޗުން ބަލިވުމުން ލިވަޕޫލަށް ވަނީ އެއް ވަނަ މަގާމު ވެސް ގެއްލިފަ އެވެ. މިކަމުގެ އަދަބައްގެ ގޮތުން އެއް މެޗަށް ސަސްޕެންޑްކޮށް އޭނާ ވަނީ 8000 ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ.

މަރެސްކާ އަކީ ޗެލްސީ އަށް ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްދިން ކޯޗެވެ. ޒުވާން ޓީމަކާއެކު މިދިޔަ ސީޒަނުގައި ކުރިއެރުން ހޯދި ޓީމު އަންނަނީ މި ސީޒަނުގައި އޭނާގެ ކޯޗުކަމުގައި އިތުރު ކުރިއެރުންތަކެއް ހޯދަމުންނެވެ.

އޭނާގެ އަދަބާ ބެހެ ގޮތުން މަރެސްކާ ބުނީ އެންމެ ރަނގަޅު ގޮތަކީ ބަހެއް ނުބުނެ ހުރުން ކަމަށާއި ޗެލްސީ މޮޅުކޮށްދެވޭނަމަ އޭނާ އަށް އުފާވާނެ ކަމަށެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ މި ވަގުތު އޮތީ ހަތް މެޗުން 11 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ.