ޚަބަރު

މިމަހު ވާރޭވެހޭވަރު މަދުވާނެކަމަށް ލަފާކޮށްފި


  • ފިނިހޫނުމިން ދެކުނުގެ ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ

  • ވާރޭ ވެހޭ ވަރު އަންދާޒާކުރަނީ ދިގު މުއްދަތުގެ ރެކޯޑްތަކަށް ބަލައިގެން

އެހެންއަހަރުތަކާ ޚިލާފަށް މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ މި މަހު ރާއްޖެ އަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައެވެ. މި މައުލޫމާތުތަކުގައިވާގޮތުން
ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެއެވެ.

މީގެއިތުރުން، ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށް ވާރޭ ވެހޭ ވަރު އަންދާޒާކުރަނީ ދިގު މުއްދަތުގެ ރެކޯޑްތަކަށް ބަލައިގެންނެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހުން މަދުވާނެކަމަށް ލަފާކޮށް، އަންދާޒާ ނެރެފައި ވަނީ 1991-2020 ވަނަ އަހަރާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވިއްސާރަ ކޮށްފައިވާ ރެކޯޑްތަަކަށް ބަލައިގެންނެވެ.