ޚަބަރު

ޖެކްސަން ހޯދުމަށް ބަޔާން އިން މަސައްކަތް ކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ހޯދުމުމުގެ މަސައްކަތް ބަޔާން މިއުނިކް އިން ކުރަމުންދާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބަޔާން މިއުނިކްގެ ސްޕޯޓިން ޑިރެކްޓަރ ކްރިސްޓޮފް ފްރިއުންޑް ބުނެފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޓްރާންސްފަރގެ މުއްދަތު ހަމަވާއިރު ކުރިއަށް މިއޮތް ދުވަސްތަކުގައި ކޮންމެ ފަދަ ކަމެއްވެސް ވެދާނެ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ދޮގު ކުރާކަށް. އިނގިރޭސި ލީގުގެ ޓްރާންސްފަރ ބަންދުވާނީ އަންނަ ހޯމަ ދުވަހު އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ކޮންމެ ފަދަ ކަމެއްވެސް ވެދާނެ." ކްރިސްޓޮފް ބުންޏެވެ.

ސެނެގާލް އަށް އުފަން 24 އަހަރުގެ ފޯވަޑް, ނިކޮލަސް ޖެކްސަން ވިއްކާލުމަށް ޗެލްސީ އިން ނިންމާފައިވަނީ ކުރިއަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް މި ސީޒަނުގައި ގެނައުމާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ޖޮއާއޯ ޕެޑްރޯ އާއި ލިއާމް ޑެލަޕްގެ އިތުރު ބްރެޒިލްގެ ޒުވާން ތަރި ވިލިއަން އެސްޓެވާއޯ ހިމެނެ އެވެ.

ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި 12 ފަހަރު ޖަރުމަނުގެ ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން މިއުނިކް އިން ވަނީ މި ފެށުނު އައު ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން 70 މިލިއަން ޔޫރޯގެ ފީ އަކަށް ލިވަޕޫލް އިން ލުއިސް ޑިއާޒް ގެންގޮސްފަ އެވެ. މިއީ އެ ކްލަބުން ކުޅުންތެރިއަކު ހޯދުމަށް ތިންވަނައަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ.