ޚަބަރު

ލޯންގްކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރިކޯޑު އަައުކޮށްފި


އަންހެނުންގެ ލޯންގްކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރިކޯޑު އަައުކޮށްފިއެވެ.

ދިވެހި ފެތުންތެރިން މި ރިކޯޑު އައުކޮށްފައިވަނީ ރޮމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިން ޗެމްޕިއަންޝިޕްސްގައި ހަތަރު މިނެޓު 28.16 ސިކުންތުން ރިލޭ އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި ރިކޯޑު އަައުކުރި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުސާދު، މިރާލް އައިން ލަތީފް، ސާރާ މުޙައްމަދު އަދި އައިޝަތު އަލީނާ ޝާހިދު އެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުން އަައުކޮށްފައިވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. އައިމިނަތު ސަޖަން، އާއިޝަތު ސާޖިނާ، އައިޝަތު ސައުސަން އަދި އަންމާއު އަޙްމަދު ސަލީމް ފެތި މި އިވެންޓުގެ ގައުމީ ރިކޯޑު އެ ފަހަރު އައުކޮށްފައިވަނީ ހަތަރު މިނެޓު 44.87 ސިކުންތުން އިވެންޓް ނިންމައިގެންނެވެ.