ޚަބަރު

ލޯންގްކޯސް 100 މީޓަރު އަދި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫތު އައު ކޮށްފި


ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު އަދި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫޠު މުޙައްމަދު ޙުސައިން އައު ކޮށްފިއެވެ.

ލޫޠު މި ރެކޯޑް އައު ކޮށްފައިވަނީ މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 01:10.95 އިން ރޭސް ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް އައްޒާމް އިބްރާހީމް އެވެ. އެފަހަރު މިއިވެންޓު މުބާލް ފުރިހަމަކޮށްފައިވަނީ 01:14.58 އިންނެވެ.

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑްވެސް ލޫޠު ވަނީ އާާއު ކޮށްފައެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ފެތި 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:32.67 އިން ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް އައްޒާމް އިބްރާހީމް އެވެ. އެފަހަރުގެ ވަގުތަކީ 00:33.24 އެވެ.