ޚަބަރު

ޤަވާއިދާ ޚިލާފަށް ރާއްޖެ ވަދެއުޅުނު ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި


  • މި ބޯޓުގައި 6 މީހުން ތިބި

  • މި ބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާއި ދިމާ ބޭރުން

ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފިއެވެ. މިއީ ބޭރުގެ މަސްބޯޓެއްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މި މަސްބޯޓު މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި ބޯޓު ހިފެހެއްޓިއިރު ބޯޓުގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާއި ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ދޭތެރެދޭތެރެއިން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓުތައް ވަދެ އެމްއެންޑީއެފްގެ ބެލުމުގެ ދަށައް ގެނެއެވެ.