ރާއްޖޭގެ ޓެނިސް ކޯޓާ މެދު ހިތްހަމަޖެހޭ ކަމަށާއި، މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ޓެނިސް މުބާރާތް އައިޓީއެފް ޖޭ30 ގައި ވާދަކުރާ ބޭރު ގައުމުތަކުގެ ބައެއް ކުޅުންތެރިން ބުނެފިއެވެ.
މިއަދު ފެށި މުބާރާތުގައި ބައިވެރިވާ ބައެއް ކުޅުންތެރިންވަނީ އެ ބައިވެރިންވަނީ އެ ކުޅުންތެރިން އުންމީދުކުރާގޮތް ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ. އެކުޅުންތެރިން ބުނީ މާހައުލު ތަފާތުވިޔަސް މި މުބާރާތުގައި ރަނގަޅުވާދައެއް ކުރެވޭނެކަމަށެވެ.
30 ޓެނިސް މުބާރާތުގައި ވާދަކުރާ ޔޫކުރެއިންގެ ކުޅުންތެރިއަކު ބުނީ އޭނާގެ އުންމީދަކީ މުބާރާތުގެ ފަރަތަމަ 3 ބުރުގައި ކުޅޭ ކުއާޓާ ފައިނަލާއި ހަމައަށް ދިއުންކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ ސްވިޓްޒަލޭންޑްގެ ކުޅުންތެރިއަކު ބުނީ ރާއްޖޭގެ ހޫނަށް ހޭނެއް އުނދަގޫވިނަމަވެސް ޓެނިސް ކޯޓުގެ ހާލަތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް މިއައީވެސް އައިޓީއެފް މުބާރާތަކަށް ފަހު ކަމަށާއި، އެހެންކަމުން އެކަށީގެންވާވަރުގެ ނަތީޖާއެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ ޗައިނާ ކުޅުންތެރިއަކު ބުނީ އޭނާގެ އެންމެ ރަނގަޅު ކުޅުން މި މުބާރާތުގައި ދައްކާނެ ކަމަށާއި އުންމީދަކީ މި މުބާރާތުން ވީހާވެސް ގިނަ ޕޮއިންޓް ހޯދުން ކަމަށެވެ.
ގައުމުން ބޭރުގައި އައިޓީއެފް މުބާރާތްތައް ކުޅުމުގެ ތަޖްރިބާ ހުރި މި ކުޅުންތެރިންގެ އިތުރުން މި މުބާރާތުގައި އިންޑިއާ، ސިންގަޕޫރު، ރަޝިއާ، ސައުދީ އަރަބިއްޔާ، އެމެރިކާ، ރަޝިޔާ ފަދަ ގައުމުތަކުގެ 32 އެތުލީޓުން މި މުބާރާތުގައި ވާދަކުރާނެއެވެ.