އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި އެޤައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިޔާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި މިނިވަން ދުވަހާއި، އެދުވަހުގެ ހަރަކާތްތަކާއެކު ކާމިޔާބާއި މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގައި އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް ވަރުގަދަ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ.
I extend my heartfelt greetings to Her Excellency President Droupadi Murmu @rashtraptibhvn, His Excellency Prime Minister Narendra Modi @narendramodi, the government, and the friendly people of India on their Independence Day.
— Dr Mohamed Muizzu (@MMuizzu) August 15, 2025
May the festivities of this day echo the spirit and… pic.twitter.com/Eh4CznwOg6
އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާއިރު، ރާއްޖެއާއި އިންޑިޔާއަކީ ޒަމާންވީ ވަރުގަދަ ގުޅުމެއް އޮތް ޤައުމެކެވެ. 1965ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ރާއްޖެއާއި އިންޑިޔާއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މާ ކުރިންވެސް، ދިވެހިންނާއި އިންޑިޔާއާއެކު ވިޔަފާރީގެ ވަރުގަދަ ގުޅުންތަކެއް އޮތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދިޔައީ ދަމަހައްޓަމުންނެވެ. އެ ގޮތުން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ އުފާވެރި މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް އެކުލަވާލެވި، މުހިންމު މަޝްވަރާތަކެއް ކުރިއެވެ. އަދި މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ސަރުކާރުންވެސް ފާހަގަކުރެއްވިއެވެ.