ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތް: 5000 މީޓަރު މާސްޓަރސް ކެޓެގަރީން އެއްވަނަ ޢަބްދުﷲ އަދި ހުސްނާއަށް


މިހާރު ކުރިއަށްދާ 34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު މާސްޓަރސް ކެޓެގަރީގެ ފިރިހެނުންގެ ބައިން އައިލެންޑް ރަނަރސް މޯލްޑިވްސްގެ ޢަބްދުﷲ ރަޝީދު ރަން މެޑެލް ހޯދައިފިއެވެ. އޭނާ ރަން މެޑެލް ހޯދީ 18 މިނިޓް 35.57 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުން ދެވަނަ ހޯދާ ރިހި މެޑަލް ކަށަވަރުކުރި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އަހުމަދު ޝަންމޫން ޝަމީމް ރޭސް ނިންމާފަވަނީ 19 މިނިޓް 23.81 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި ޢަބްދުﷲ އިބްރާހިމް ރޭސް ނިންމާފަވަނީ 20 މިނިޓް 17.39 ސިކުންތުންނެވެ. އޭނާއަކީ ދިވެހި ސިފައިންގެ ކުލަބުގެ އެތުލީޓެކެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު މާސްޓަރސް ކެޓެގަރީގެ އަންހެނުންގެ ބައިން އެއްވަނަ ހޯދައި ރަން މެޑެލް ހާސިލްކުރީ މެރެތަން ރަނަރސް މޯލްޑިވްސްގެ ހުސްނާ މުޙައްމަދުއެވެ. އޭނާ ރޭސް ފުރިހަމަކޮށްފަވަނީ 23 މިނިޓް 58.97 ސިކުންތުންނެވެ.

މި އިވެންޓުން ރިހި މެޑަލްވެސް ހޯދާފައިވަނީވެސް މެރެތަން ރަނާރސް މޯލްޑިވްސްގެ އެތުލީޓެކެވެ. ޝަޒްނާ މުހަންމަދު ރޭސް ނިންމާފަވަނީ 24 މިނިޓް 05.31 ސިކުންތުންނެވެ. އަދި މި އިވެންޓުން ލޯ މެޑަލް ހާސިލްކުރި އައިލަންޑް ރަނާރސް މޯލްޑިވްސްގެ ޢާއިޝަތު މުހަންމަދު ދީދީ ރޭސް ފުރިހަމަކޮށްފަވަނީ 28 މިނިޓް 42.89 ސިކުންތުންނެވެ.