ޚަބަރު

ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާއިން ލަންކާއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


  • މި ބައްދަލުވުމުގައި ވުޒާރާގެ ދަށުން ހިންގާ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި

ފުރަމާނަ ދަތުރުފުޅެއް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދާޚިލީ ވަޒީރު ޢަލީ އިޙްސާން، ސްރީލަންކާގެ ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން ދާޚިލީ ވުޒާރާ ދަށުން ހިންގަމުން އިދާރާތަކާއި ލަންކާގެ އިދާރާތަކާއި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އަދި ކަމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ. އަދި ރާއްޖެއާއި ލަންކާއިން ވަނީ ދެ އެއްބަސްވުމެއް ޤާއިމްކުރައްވާފައެވެ.