ޚަބަރު

200 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިޙާން އައުކޮށްފި


ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު ރިޙާން ޝިހާމް އައުކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ރިޙާން މި ރިކޯޑު އައުކޮށްފައިވަނީ ދެ މިނެޓު 25.20 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް ރިޙާންއެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި ދެ މިނެޓު 28.17 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.