ޚަބަރު

ރާއްޖޭގައި ބާއްވާ ފީބާ ކޯޗިން ކްލިިނިކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ފީބާ ރީޖަނަލް އޮފީސް އޭޝިއާގެ ކޯޗިނގ ކްލިނިކް ލެވެލް އެކެއް މިމަހު މާލޭގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭގައި ބާއްވާ މިކްލިނިކަކީ ބާސްކެޓް ކޯޗުން ތަމްރީނު ކުރުމަށް ބާއްވާ ހާއްސަ ކްލިނިކެކެވެ. މި ކުލިނިކު އޮންނާނީ 28 ޖުލައިން ފެށިގެން 02 އޮގަސްޓްގެ ނިޔަލަށެވެ.

ބާސްކެޓް ބޯޅަ ކޯޗުންނަށް ބާއްވާ މި ކުލިނިކަކީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ބާސްކެޓްބޯލް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ކްލިނިކެކެވެ.

މިކުލިނިކުގައި ބާސްކެޓްބޯޅައިގެ ތަޖްރިބާކާރުންގެ އިރުޝާދާއި ހުނަރާއި އިލުމު ރާއްޖޭގެ ކޯޗުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.