ޚަބަރު

ހއ.އަތޮޅުން ވ.އަތޮޅަށް ރީނދޫ ސަމާލު


  • ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ

މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ވ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މި ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 11:30 އިން ފެށިގެން މެންދަމު 3:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ވިއްސާރަވެ ވައިބާރުވާތީ މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހުރިހާ ސަރަޙައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.