ޚަބަރު

މޫސުން ގޯސްވާނެތީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި


  • މި ސަމާލު ނެރެފަވަނީ 18:00އާ ހަމައަށް

  • ގުގުރުމާއެކު ވިއްސާރަކުރާނެ

  • ހަފްތާ ބަންދުގައިވެސް ވިއްސާރަވާނެކަމަށް ވަނީ ލަފާކޮށްފަ

މޫސުން ގޯސްވާނެތީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސަމާލު ނެރެފަވަނީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ.
މި ސަމާލު ނެރެފަވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށެވެ. ވިލާގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބަހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ކަނޑުތައްވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

މި ސަމާލު ނެރެފަވަނީ މިއަދު އިރުއޮއްސި 06:00 އާ ހަމައަށެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހުރިހާ ސަރަޙައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.