ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ވީއޭއެމްކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ޖާގައެއް ކުލަބު އެޗްޑީސީން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ސެމީފައިނަލްގައި އެޗްޑީސީ ނިކުތީ ދަނޑިމަގު ސްޕޯޓްސް އެންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެކޮޅަށެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު އެޗްޑީސީން ގެންދިޔައީ 28-26 ނެވެ. ދެވަނަ ސެޓު ދަނޑިމަގުން ގެންދިޔައީ 25-21 ންނެވެ. ތިންވަނަ ސެޓު 25-19 އިން އަދި ހަތަރުވަނަ ސެޓް 25-22 ހުން ކާމިޔާބުކުރީ އެޗްޑީސީންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ސަބަސްޓިއަން ގިރާލްޑޯ ގޮމޭޒްއެވެ.