ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިސްނަގައިން ބޭއްވި ފުޓްބޯޅަ މުބާރާތް ސާންތީ ކޯޗަށް ޚާއްސަކުރީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
8 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މައިލޯ ސްވޭމް ފުޓްބޯލް ފިއެސްޓަރ ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަފައްކަމުން ސާންތީގެ ކޮއްކޮ އަހުސަން އަބްދުލްޣަނީ ބުނީ އޭނާގެ ބޭބެގެ ހަނދާނުގައި މިވަރުގެ މުބާރާތެއް ބާއްވާ އަގުވަޒަން ކުރުމަކީ އާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި މި ފިއެސްޓާ ކުރިޔަށް ގެންދިޔައީ އާއިލާ އާއި ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ. އެހެންކަމުން ސާންތީ ކޯޗުގެ އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ ފުރުސަތެއް ސޮކާ ވެޓްރަންސްއަށް ދިނުމުން އެ އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމަށް ވަރަށް ބޮޑު ޝުކުރު އަދާ ކުރާ ކަމަށް އަހުސަން ބުންޏެވެ،
އަހުސަނު ބުނީ ސާންތީ ކޯޗަކީ ޔޫތް ޑިވެލޮޕްމެންޓަށް ގިނަ މަސައްކަތްތަކެއް ކޮށްދިން މީހެއްކަމަށާއި، ހާއްސަކޮށް ކުޅުންތެރިން އުފައްދަން އުޅުނު މީހަކަށްވާއިރު ތުއްތު ކުދިންގެ މުބާރާތެއް ސާންތީ ކޯޗުގެ ހަނދާނަށް ހާއްސަކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.
އަދި މުބާރާތް ކުރިޔަށް ދިޔައީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކުގައި ކަމަށާއި މުބާރާތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށްވެސް އޭނާ ބުންޏެވެ.
ސްވޭމް ފުޓްބޯލް ފިއެސްޓަރ އަކީ ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްހޫމު އިހްސާން އަބްދުލްޣަނީގެ ހަނދާނުގައި ސޮކާ ވެޓްރަންސްއިން އިސްނަގައިގެން އެކަޑަމީތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ބީޖީ ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް އޮޑި އެކަޑަމީގެ އޮޑި އެވެންޖާސް އިންނެވެ.