ދިވެހިރާއްޖޭގެ ސިޔާސީ އިސް ލީޑަރުން، ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނާއި އިސްލާމީ އުއްމަތަށް ފޮނުއްވައިފިއެވެ. މިއަހަރު އިސްލާމީ އުއްމަތާ، މި ބައްދަލުކުރީ 1447 ވަނަ ހިޖްރީ އައު އަހަރެވެ.
ހިޖުރީ އައު އަހަރަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ މުނާސަބާއެކެވެ.
އިސްލާމީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ 1447 ވަނަ ހިޖުރީ އައު އަހަރުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން ވަނީ ދިވެހި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފު ވަނީ ހިޖުރީ އައު އަހަރުގެ ތަޙުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި މި ފެށޭ ޙިޖުރީ އައު އަހަރަކީ އިސްލާމީ އުންމަތައް އުފާ ފާގަތި، އަމާން، ސުލްޙަވެރި އަހަރެއްކަމުގައި ލައްވެމަށް އެދި ދުޢާ ކުރައްވާފައެވެ.
ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަން.މި ފެށޭ ޙިޖުރީ އާ އަހަރަކީ އިސްލާމީ އުންމަތައް އުފާ ފާގަތި، އަމާން، ސުލްޙަވެރި އަހަރެއްކަމުގައި ލައްވާށި! آمین. pic.twitter.com/O6jicjsbpL
— Hussain Mohamed Latheef (@HucenSembe) June 25, 2025
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ، ހިޖްރީ އައު އަހަރުގެ ހެޔޮއެދުމާއި ތަޙުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ތަޙުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
،ހިޖުރީ އައު އަހަރުގެ ތަހުނިޔާ… pic.twitter.com/pylKyezQCz
— Abdul Raheem Abdulla (@Banafsaa) June 25, 2025
ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައި ވަނީ 1447 ވަނަ ހިޖްރީ އައު އަހަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި މުޅި އިސްލާމީ އުއްމަތަށް ނުހަނު އިޙްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ މުބާރަކްބާދީ އަދާކުރައްވާފައެވެ. އަމި މި ފެށޭ އައު އަހަރަކީ އިސްލާމީ އުންމަތަށާއި މުޅި ދުނިޔެއަށް ޞުލްޙަ މަސަލަސްކަމާއި އަމާންކަމާއި ބާއްޖަވެރިކަމާއި ނިމުމެއް ނެތް ތަރައްޤީ ލިބެނިވި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.
Happy Hijri 1447! I pray to Almighty Allah to bless us and the world with further peace and prosperity during this New Year!
— Maumoon Abdul Gayoom (@maumoonagayoom) June 26, 2025
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓްގައި ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައެވެ.
މި ފެށޭ 1447 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލައްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.
— Ibrahim Mohamed Solih (@ibusolih) June 26, 2025
މި ފެށޭ 1447 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން…
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި އަހަރަކީ އުފާ ފާގަތިކަމާއި ހެޔޮކަމުގެ އަހަރެއްކަމުގައި ލެއްވުމަށް އެދީ ދުޢާ ކުރައްވާފައެވެ. އަދި ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ޚާއްސަކޮށް ދިވެހި ލޮބުވެރި ރައްޔިތުންނާއި، އާއްމުކޮށް އިސްލާމީ އުއްމަރަށް ހެޔޮ އެދުމާއި ތަޙުނިޔާވަނީ ފޮނުއްވާފައެވެ.
Hijree aa aharuge munaasabathugai, khaassakoh Dhivehi lobuvethi rayyithunnah, aanmukoh Islami ummathah heyo edhumaai thahuniya dhannavan! Mi aharakee ufaafaagathi kamaai heyokamuge ahareh kamugai lavvaashi!
— Mohamed Nasheed (@MohamedNasheed) June 25, 2025
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ވަނީ ހިޖުރީގޮތުން މިފެށުނު އުފާވެރި 1447 ވަނަ އަހަރުގެ ހެޔޮއެދުމާއި، ތަޙްނިޔާ ލޮބުވެތި އެންމެހާ ދިވެހިރައްޔިތުންނަށް އަދި މުސްލިމު އުންމަތަށް އަރިސްކުރައްވާފައެވެ.
މިފެށޭ އައު އަހަރަކީ، އެންމެހާ މުސްލިމުންނަށް އަމާންކަމާއި، އުފާފާގަތިކަމާއި، ތަނަވަސްކަން އިތުރުވާނޭ އަހަރެއް ކަމުގައި ލެއްވާ، މުސްލިމު އުންމަތަށް ކާމިޔާބީ އާއި ކުރިއެރުންތައް އިތުރުކުރެއްވުމަށްއެދި ވަނީ ދުޢާ ކުރައްވާފައެވެ.
ހިޖުރީގޮތުން މިފެށުނު އުފާވެރި 1447 ވަނަ އަހަރުގެ ހެޔޮއެދުމާއި، ތަޙްނިޔާ ލޮބުވެތި އެންމެހާ ދިވެހިރައްޔިތުންނަށް އަދި މުސްލިމު އުންމަތަށް އަރިސްކުރަމެވެ.
— Qasim Ibrahim (@qasimibrahim) June 26, 2025
މިފެށޭ އާ އަހަރަކީ، އެންމެހާ މުސްލިމުންނަށް އަމާންކަމާއި، އުފާފާގަތިކަމާއި، ތަނަވަސްކަން އިތުރުވާނޭ އަހަރެއް ކަމުގައި ލެއްވުން… pic.twitter.com/FVXTKAidiG
މީގެއިތުރުންވެސް ސިޔާސީ ލީޑަރުންނާއި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިންދަނީ، ހިޖްރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި މެސެޖުތަކާއި ޕޯސްޓްތައް ޙިއްސާކުރައްވަމުންނެވެ.