ޚަބަރު

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ ފޮނުއްވައިފި


  • އެކަމަނާގެ ޕޯސްޓްގައި ބަނީ އިސްލާމީ އުންމަތަށް އަމާންކަމުގައި ލެއްވުމަށްއެދި ދުޢާ ކުރައްވާފައި

  • އަދި ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވުމަށްއެދި ދުޢާ ކުރެއްވި

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.

އެކަމަނާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ވަނީ އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތްﷲ މިންވަރު ކުރައްވާ، ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވުމަށް އެދި ދުޢާ ކުރައްވާފައެވެ.


ހިޖުރީ އައު އަހަރު ފާހަގަކުރަނީ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި ޙާދިސާއާ ގުޅުވައެވެ. މިއީ އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ ދަތުރުފުޅެކެވެ. މިގޮތުން މިއަހަރު އިސްލާމީ އުއްމަތާ، މި ބައްދަލުކުރީ 1447 ވަނަ ހިޖްރީ އައު އަހަރެވެ.