ޚަބަރު

80 މީޓަރު ދުވުމުގެ އެއްވަނަ ށ. އަތޮޅު މަދަރުސާ އާއި އަފީފުއްދީން ސްކޫލަށް


ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 13 އަހަރުން ދަށުގެ 80 މީޓަރު ދުވުމުގެ ފިރިހެން ކެޓެގަރީގެ އެއްވަނަ ށ. އަތޮޅު މަދަރުސާގެ ޝައިމް އިބްރާހީމް ޝަމީމް ހޯދައިފިއެވެ.

އޭނާ މި އިވެންޓުގެ އެއްވަނަ ހޯދީ 11.88 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ދެވަނަ ހޯދީ ށ. އަތޮޅު މަދަރުސާގެ އިޔާން އަލީ ޝިފާއުއެވެ. އޭނާ ރޭސް ނިންމީ 12.48 ސިކުންތުންނެވެ. މި އިވެންޓުގެ ތިންވަނަ ހޯދީ ހަނިމާދޫ ސުކޫލުގެ އަހުނަފް އަބްދުލް ރައޫފުއެވެ. އޭނާ ރޭސް ނިންމީ 12.73 ސިކުންތުންނެވެ.

13 އަހަރުން ދަށުގެ 80 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ ޔުމްނާ ހަސަންއެވެ. އޭނާ ރޭސް ނިންމީ 13.09 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ދެވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ޝަންމާ އަލީ އިބްރާހިމްއެވެ. އޭނާ ރޭސް ނިންމީ 13.50 ސިކުންތުންނެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ މިލަންދޫ ސުކޫލުގެ ފާތުމަތު ޔާހާ އަހުމަދެވެ. އޭނާ ރޭސް ނިންމީ 13.79 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން 15 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ ސައިލާ އާދަމްއެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 55.91 ސިކުންތުންނެވެ. ދެވަނަ ހޯދީ ފާތިމަތު މިންހާލް މުހައްމަދެވެ. އޭނާ ރޭސް ނިންމީ ތިން މިނެޓު 1.84 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އައިމިނަތު އިމާ މުހައްމަދެވެ. އޭނާ ރޭސް ނިންމީ ތިން މިނެޓު 3.65 ސިކުންތުންނެވެ.

15 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ މިލަންދޫ ސުކޫލުގެ އިބްރާހިމް އާއިމް އާދަމްއެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 21.26 ސިކުންތުންނެވެ. ދެވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ މުހައްމަދު ޒައިން ޒަކަރިއްޔާއެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 26.14 ސިކުންތުންނެވެ. ތިންވަނަ ހޯދީ މިލަންދޫ ސުކޫލުގެ މުހައްމަދު ނިހާން ނިހާޝްއެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 27.47 ސިކުންތުންނެވެ.