ޚަބަރު

އިންޑަސްޓްރިއަލް ވިލެޖާދިމާ ނެރު ބޭނުން ނުކުރުމަށް އެންގުން


އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތާއި އަދި އެސަރަޙައްދާ އިންވާގޮތަށް ކަނޑުއްވާފައިވާ ނެރު އަދި ބޭނުން ބޭނުން ނުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގަވައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިހެން އެންގެވީ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތާއި ގުޅުވައިގެން ބަނދަރު ވަކިކުރައްވަން ޖައްސަވާފައިވާ ޝީޓްޕައިލް ހިމެނޭ ސަރަޙައްދަށް ބައެއް އުޅަނދުފަހަރު ކައިރިކުރަމުންދާކަން ފާހަގަކުރެއްވުމާ ގުޅިގެންނެވެ.

އެ މިނިސްޓްރީން ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މާލޭ ދެކުނު ފަރާތު ފަޅުތެރެ ހިމެނޭ ސަރަޙައްދުގެ މަސައްކަތާއި ގުޅިގެން އެފަރާތުގެ އުޅަނދުފަހަރު ވަދެނިކުތުމަށް ކަނޑުއްވަން ހަމަޖެހިފައިވާ ނެރުގެ މަސައްކަތް މުޅިން ފުރިހަމަނުވާތީ، އެސަރަޙައްދު ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރައްވަމުން ގެންދަވާ ސަރަޙައްދާއި އަދި ދެކުނު ފަރާތަށް އުޅަނދުފަހަރު ވަންނަން ކަނޑަންޖެހޭ ނެރު މިވަގުތު އެއްކޮށް ނިމިފައި ނުވާތީ، މާލެއިން ތިލަފުށްޓަށް ކުނި ގެންދިޔުމަށް ބޭނުންކުރާ އުޅަނދުފަހަރާއި އަދި ސްޓެލްކޯ އިންޖީނުގެއަށް ތެޔޮގެންދާ ބާޖު ފިޔަވައި އެހެން އުޅަނދުފަހަރު އަލަށް ކެނޑި ނެރު ބޭނުން ނުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގަވައެވެ.