ޚަބަރު

މަތީ އަރުތަވެރީންގެ އިނާމު މިފަހަރު 1800 ދަރިވަރަކަށް


  • އިނާމު ދެނީ 2023 އަދި 2024ވަނަ އަހަރުގެ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް

2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު ހޮނިހިރު އަދި އާދީއްތަ މި ދެދުވަހު ކުރިއަށްގެންދަނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

ތައުލީމީ ވުޒާރާއން ވިދާޅުވީ މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެކަމަށެވެ.

ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެއެވެ.

2023-2022 ވަނަ އަހަރު މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި ސާނަވީ ނިންމާ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން ވަނީ އިނާމް ހާސިލްކޮށްފައެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނު ނިމުނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވެރިވި އެވެ. އެއީ ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިހާނުގައި ހެދި 7،666 ދަރިވަރުންނާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރުންނެވެ.