ޚަބަރު

ރީސްޓްރަކްޗަރ ކުރުމާއެކު އައިލެންޑް އޭވިއޭޝަނަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ: ވަޒީރު އަމީން


  • ވެރިކަން ބަދަލުވިއިރު އައިލެންޑު އޭވިއޭޝަން އޮތީ 2.1 ބިލިޔަން ރުފިޔާގެ ގެއްލުމުގައި

ރީސްޓްރަކްޗަރ ކުރުމާއެކު އައިލެންޑު އޭވިއޭޝަނަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެވެ.

ވަޒީރު މިހެންވިދާޅުވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އޭވިއޭޝަން ދާއިރާއަކީ ދާދިފަހަކާ ޖެހެންދެން ހިގަމުންއައި ހަރުދަނާ ރަނގަޅު ނިޒާމެއްގެ ތެރެއިންކަށެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވެ އެމަނިކުފާނު ވަޒީރުކާމާއި ހަވާލުވެލެއްވިރު ގިނަ ގޮންޖެހުންތާކާއި ކުރިމަތިލާން ޖެހުނުކަމަށް ވަޒީރު ފާހަގަކުރެއްވިއެެވެ.

ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ އޭވިއޭޝަން ދާއިރާއަށް ގެނެވުނު މުހިންމު ކަމަކީ ސިވިލް އޭވިއޭޝަންގެ ދާއިރާ ރި-ސްރަކްޗަރ ކުރުމުގެ މަސައްކަތްކަމަށެވެ. އައިކާއޯ މިންގަނޑުތަކާއި އޮޕަރޭޓަރުންނަށް އެއާރލައިންތަކަށް ހިދުމަތްދިނުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތަކެއް ހޯދިގެން ދިޔަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ވެެރިކާމައި ހަވާލުވިއިރު އައިލަންޑު އޭވިއޭޝަން އޮތީ 2.1 ބިލިއަން ރުފިޔާގެ ގެއްލުމާއެކު ވަރަށް ދަތި ހާލުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެދަތިތަކުން އަރައިގަތުމަށް އައިލަންޑު އޭވިއޭޝަން ރީސްރަކްޗަރ ކޮށްފައިވާކަމަށާއި އޭގެ ހެޔޮ ބަދަލުތައް މިހާރު ފެންނަމުންދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

"ވައިޑް ބޮޑީގެ ޚިދުމަތް ފެށި، ބޭރުގެ 3 މަންޒިލަކަށް ދަތުރުތައް ފެށުމާއި ކުރިންވެސް ފަށާފައި އޮތް އޭޓީއާރުގެ ފްލީޓަތަކަށް ޑޮމެސްޓިކް އޮޕްރޭޝަން ޑޭސް 8 އަށް ބަދަލުކުރުމުގެ ޕްރޮގްރާމް އަވަސްކުރުމާއި ސީޕްލޭން އޮޕްރޭޝަންތަަކަށް ކޮންޓްރެކްޓަރަށް އާ ކޮންޓްރެކްޓަރުން ގެނެވި. ރީ ސްރަކްޗަރ ކުރެވުނީމައި އައިލެންޑް އޭވިއޭޝަންއަށް ވަރަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ މިހާރު" ވަޒީރު ވިދާޅުވިއެވެ.

މިދިޔަ 5 އަހަރަށް ބަލާއިރު އައިލެންޑް އޭވިއޭޝަންއަކީ ކޮވިޑްގެ ހަލާތައްފަހު އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުންއައި ސަރުކާރުންގެ ކުންފުންޏެވެ. އެ ގޮތުން 2021ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުން އެކުންފުންޏަށް 647 މިލިޔަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

އައިލެންޑް އޭވިއޭޝަންގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ އެކުންފުންޏަށް ވަނީ 171 މިލިޔަން ރުފިޔާގެ އާންމަދަނީއެއް ލިބިފައެވެ. ނަމަވެސް ޚަރަދައް ކެނޑުމުންވެސް ހިންގަންޖެހެނީ 2.82 މިލިޔަން ރުފިޔާގެ ގެއްލުމުގައެވެ.

ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި، ޚިދުމަތުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.