ޚަބަރު

60 އަހަރުގެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރުކޮށްފި


  • މި މައްސަލާފައި ހައްޔަރުކުރީ ހ. މެޑޯސްވީޓް އުމުރުން 60 އަހަރުގެ އަޙްމަދު ޢަފީފް

  • އޭނާ ހައްޔަރުކުރީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު

މަސްތުވާތަކެތީގެ މައްސަލައެއްގައި 60 އަހަރުގެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން ހައްޔަރުކުރީ ހ. މެޑޯސްވީޓް އުމުރުން 60 އަހަރުގެ އަޙްމަދު ޢަފީފް ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ 10 ނަންބަރު ފްލެޓް ކައިރިން އަހުމަދު އަފީފް ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އޭނާ ހުއްޓުވައި، އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހު ބަންދުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.