މިންތީގެ ހަމަހަމަކަމުގެ މަފްހޫމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ށ. އަތޮޅުގެ ދެ ރަށެއްގައި ކުރިޔަށްގެންގޮސްފިއެވެ.
މިއީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޕްރޮގްރާމް (އިފާޑް) އާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ކުރިޔަށް ގެންދިޔަ ސެޝަންތަކެކެވެ.
ށ. ކަނޑިތީމްގައި މި ސެޝަން ބޭއްވިއިރު 14 ބައިވެރިން ވަނީ ބައިވެރިވެއެވެ. އަދި ށ. ގޮއިދޫގައި ކުރިޔަށް ގެންދިޔަ ސެޝަންގައި 9 ބައިވެރިންވަނީ ބައިވެރިވެފައެވެ.
މިންތީގެ މަފްހޫމްތަކަށް ހޭލުންތެރި ކުރުމުގެ ސެޝަން ގައި އަލި އަޅުވާލާފައިވަނީ މިންތިއާއި ޖިންސްގެ ތަފާތު، ސޯޝަލައިޒޭޝަންއަކީ ކޮބައިކަމާއި އިކުއަލިޓީ އަދި އިކުއިޓީގެ ތަފާތުގެ އިތުރުން ބާރުވެރިކުރުމަށް ކޮބައިކަން އަދި ޖެންޑަރ ސްޓީރިއޮޓައިޕިންގ އަކީ ކޮބައިކަން ވަނީ ކިޔާދީފައެވެ.
މީގެއިތުރުން އިންޓަރސެކްޝަނަލިޓީ އަދި ދިވެހިރާއްޖޭގައި އަންހެނުންގެ ހާލަތައް ވަނީ އަލިއަޅުއްވާލާފައެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް(މެޕް) އިން އަންނަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ކަމާއި ގުޅުންހުރި އެކި ތަމްރީންތަށް ފޯރުކޮށްދެމުންނެވެ. އަދި ދެމެހެއްޓެނެވި، ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް އަންހެނުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. މިކަމަށް ބާރުއެޅުއްވުމުގެ ގޮތުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދީ ކުރިއަރާދިޔުމުގެ މަގު ދައްކައިދޭ އަދި އެކަމަށް ބާރުއަޅާ މުއައްސަސާތަކާއި ފަރުދުންގެ އަގު ވަޒަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.