ޚަބަރު

ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއަރ އޯޕަން މުބާރާތް މި މަހު 25 ގައި ފަށަނީ


ރިވައިވަލް ސްޕޯޓްސްއިން ބާއްވާ ޖޫނިއަރ އޯޕަން ބެޓްމިންޓަން މުބާރާތް ޖޫން މަހުގެ 25 އިން 28 އަށް ބ. އޭދަފުށީ ޔޫތު ސެންޓަރުގައި ބާއްވަން ނިންމައިފިއެވެ.

ރިވައިވަލް ސްޕޯޓްސް އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި، މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްކަމަށެވެ.

"ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން 2025" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނެ ކެޓަގަރީތަކުގެ ތެރޭގައި 9 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ކެޓަގަރީ ހިމެނެއެވެ.

މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ރޭންކިންގ ތަރުތީބުން ކުޅުންތެރިން ސީޑްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުން 100 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ރިވައިވަލް ސްޕޯޓްސްއިން ބުނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި އުސޫލު ރިވައިވަލް ސްޕޯޓްސްއިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.