ޚަބަރު

ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށް ފުވައްމުލަކުގައި ބޭއްވި "އުފަކާރަ" ޕްރޮގްރާމް ނިންމާލައިފި


  • މި ޕްރޮގްރާމުގައި 60 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި

  • މިއީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެއް

ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

"އުފަކާރަ" ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅުކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މިމަހުގެ 15 އިން 17ގެ ނިޔަލަށެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި "އުފަކާރާ" ތަމްރީނު ޕްރޮގްރާމް 60 އަށް ވުރެ ގިނަ ހޯމްބޭސްޑް ފުޑް ޕްރޮޑިއުސަރުން ބައިވެރިވެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކާބޯތަކެތީގެ މަސައްކަތްކުރާ ޖުމްލަ 86 ފަރާތަކުން ބައިވެރިވެފައިއެވެ. މި ޕްރޮގްރާމްގައި ވަނީ ކާބޯތަކެތި ރައްކާތެރިގޮތުގައި އުފައްދާ، ތައްޔާރުކުރުމާއި އެތަކެތީގެ ފެންވަރު މަތިކުރާނެ ގޮތްތަކާ ގުޅޭ ތަމްރީން ތައްވެސް ވަނީ ދީފައެވެ. ހަމައެއާއެކު ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކަށް އަހުލުވެރިކުރުވުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ކުރިއަށްގެންދިއައެވެ.

ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ އުފަކާރަ ޕްރޮގްރާމް ފަށާފައިވަނީ 2017ވަނަ އަހަރުއެވެ. އަދި މިހާތަނަށް ހިންގާފައިވާ ހުރިހާ ''އުފަކާރަ'' ތަމްރީން ޕްރޮގްރާމްތަކުގައިވެސް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންވަނީ ބައިވެރިވެވަޑައިގެން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.