ޚަބަރު

ޗައިނާއިން ރާއްޖެއަށް ދޭ ޕީއެޗްޑީއާއި މާސްޓަރސްގެ 39 ސްކޮލަރޝިޕަށް ހުޅުވާލައިފި


  • ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޗައިނާ ސަރުކާރުން

  • ފޯމު ހުށައެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ މެންދުރު 14:00އާ ހަމައަށް

ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސް ޑިގްރީގެ 25 ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވީ، މި ފުރުޞަތުގައި ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް، އަދި ދެކޮޅު ޓިކެޓި ހަމަޖައްސާނެކަމަށެވެ.

މިސްކޮލަރޝިޕް ފުރުސަތުތަކަކީ އެމީހަކު ބޭނުން ދާއިރާއަކުން ކިޔެވުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

ޝަރުތުތައް:

* އެޕްލައި ކުރާ ކޯހާއިގުޅޭ ދާއިރާއެއްގަިއ މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
* ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތަކަށްވުން
* ސެޕްޓެމްބަރ 2025ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވުން
* އަޕްލޯޑްކޮށްފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެ ޝަރުތު ފުރިހަމަވެފައިވުން

މީގެއިތުރުން ފޯމު ހުށައަޅާއިރު ފުރިހަމަކުރަން ޖެހޭ ކަންކަން ވުޒާރާއިން ގެޒެޓުކޮށްފައިވާ ލިޔުމާއި އަދި ވުޒާރާގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.

މިސްކޮލަރޝިޕް ފުރުޞަތަށް ހުށައެޅޭނީ ވުޒާރާގެ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މަތީ ތަޢުލީމު ހާސިލްކުރުމަށް ކުރިން ލޯނެއް ނަގައި އަދި އެލޯން ގަވާއިދުން ދައްކަމުންދާނަމަ، އެފަރާތްތަކަށްވެސް، މި ސްކޮލަރޝިޕަށް އެދެވޭނެކަމަށެވެ.

އަދި ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުންވެސް ލޯނު އެގްރިމަންޓްގައި ސޮއިނުކުރާނަމަ، މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް މިސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނު ފުރުޞަތު ދޫކޮށްލަންޖެހޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެވުޒާރާއިން ވިދާޅުވީ އެހެން ސްކޮލަރޝިޕަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް، މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށެވެ.