އަތޮޅުތައް

މ. މުލަކު ގެއެއްގެ އަޑިން އާދަޔާއި ޚިލާފަށް ދުން އަރަން ފަށައިފި


މ. މުލަކު ގެއެއްގެ އަޑިން އާދަޔާއި ހިލާފަށް ދުން އަރަމުންދާތީ އެ ސަރަހައްދު ބަންދުކޮށް ފުލުހުންނާއި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވީ މުލަކު ގެއެއްގެ އަޑިން ދުން އަރަމުންދާތީ އެކަން މިއަދު މެންދުރުފަހު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14686788982125.jpg|މުލަކުގައި ދުން އަރަމުންދާތަނުގެ ބިންގަނޑު ކޮންނަނީ-

ދުން އަރަމުންދަނީ ކަރަންޓްގެ މައްސަލައަކާއި ގުޅިގެންތޯ ބެލިބެލުމުން އެއީ ކަރަންޓްގެ މައްސަލައެއް ނޫންކަން އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ދުން އަރަމުންދާ ގޭގެ ބިންގަޑު ކޮނެގެން ބެލިއިރު ވެލިގަނޑާއި އަދި އަޑީގައި ހުރި ފެންވެސް ހޫނުކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14686787747066.jpg|ދުން އަރަމުންދާ ގެ ހުރި ސަރަހައްދު ބަންދުކޮށްފައި-

ފުލުހުން ވިދާޅުވީ ދުން އަރަމުންދާ ސަރަހައްދު ކޯޑަންކޮށްގެން ބަލަމުންގެންދާކަމަށެވެ. އަދި ދުން އަރަމުންދާ ގޭގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.



މުލަކު ރަށު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ނިޒާރު ވިދާޅުވީ އެރަށު ގެއެއްގެ ބިމުގެ އަޑިން ދުން އަރާތީ ހަވީރު އެ ސަރަހައްދުކޮނެފައިވާކަމަށެވެ. ނިޒާރު ވިދާޅުވީ ކޮނުނު ސަރަޙައްދުގެ ވެލިގަނޑާއި ފެންގަނޑު ހޫނުކަމުން ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އެދިލެއްވުމަށް އެ ސަރަޙައްދުގެ ހޫނުމިން ބެއްލެވިއިރު ފަސްދޮޅަސް ޑިގްރީއަށް ވުރެ މަތީގައި ހޫނުމިން ހުރިކަމަށެވެ. އަދި އެ ހޫނުމިން ދިހަވަރަކަށް ފޫޓަށް ހުރި އިރު އެގޭގެ ތަޅުންގަނޑުގައި ފައިތިލަ ޖައްސާލަން ނުކުރޭކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. ދުން އަރަމުންދިޔަ ސަރަޙައްދު ކޮނެފައިވާއިރު އެ ސަރަހައްދުން މިހާރު ދުމުގެ އަސަރު ފެންނަން ނެތަސް އާދަޔާ ޚިލާފު  ގަދަޔަށް ހޫނުކަން އެބަހުރިކަމަށާއި އަދި ނުބައިވަހެއްވެސް ފެތުރިފައިހުރިކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. ފުލުހުންނާއި އެ އަތޮޅުގައި ތިބި ސިފައިންގެ ބައެއް މީހުން އެ ސަރަޙައްދުގައި މިހާރު ޙަރަކާތްތެރިވަމުން ގެންދާކަމަށްވެސް ކައުންސިލްގެ ނައިބް ރައީސް އަހުމަދު ނިޒާރު ވިދާޅުވިއެވެ.

މަންޒަރުދުށް މީހަކު ޕީއެސްއެމްއާއި ވާހަކަ ދައްކަމުން ބުނީ އެގޭގެ ތެރެއަށް އާދަޔާ ޚިލާފަށް ހޫނުވާތާ ދެ ދުވަސްވަރުވެފައިވާކަމަށް އެގޭ މީހުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ދުމުގެ އަސަރު ފެންނަން ފެށީ މިއަދުކަމަށްވެސް އެމީހާ ބުނެފައިވެއެވެ.  ދުން އަރަމުންދިޔަ ގޭގެ މީހުން މިހާރު އެހެން ގެއަކަށް ބަދަލުކޮށްފައިވާކަމަށްވެސް ޕީއެސްއެމްއާއި ވާހަކަދެއްކި މިހާ ބުނެއެވެ.

 މީ ކީއްވެގެން ކޮންކަމަކާއި ގުޅިގެން އަރަމުންދާ ހޫނެއްކަން އެއްވެސް ފަރާތަކުން އަދި ހާމަކުރައްވާފައެއްނުވެއެވެ.  ކަމާއި ބެހޭ ފަރާތްތަކުގެ ޓީމެއް މުލަކަށް ދަތުކުރަމުންދާކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.