ނ. މާފަރާއި މަގޫދޫގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީ.ސީ.ސީން ތައްޔާރުވެއްޖެއެވެ.
މި ދެރަށުގެ ތެރެއިން މަގޫދޫގައި ފެށުމަށް ހަމަޖެހިފައިވަނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތެވެ. އަދި މާފަރުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ފުނޑުބޯޅަ ދަނޑަކާއި، ޕޮލިސް ޕޯސްޓެއްގެ އިތުރުން އައުޓްޑޯ ޖިމެއްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މާފަރާއި މަގޫދޫގައިވެސް ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެކުންފުނިން މިހާރު ވަނީ މި މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު މި ދެ ރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައ،ި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. އެހެންކަމުން މިފަދަ މުހިއްމު މަސައްކަތް ފެށުމާއި ހުއްޓިފައި ހުރި މަސައްކަތްތައް ފަށާ އަވަހަށް ނިންމުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ.
ނ. މަގޫދޫގައި 2 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުން
— MTCC Plc (@MTCCPlc) April 12, 2025
ޕްރެސް ރިލީޒް:https://t.co/xXlzZMG8Ka pic.twitter.com/KboXjkEKWN
350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި ކުރިއަށްގެންދާ މި ދެ މަޝްރޫޢު ނިމުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.