ޚަބަރު

ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި


  • 3 މީހަކު ވަނީ ހައްޔަރުކޮށްފައި

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ބައެއް ތަންތަން ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނާއި ގުޅޭ ތަފްސީލްތައް ހާމަކުރަމުންދާނޭކަމަށެވެ.