ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ


  • ޑިންގީގައި ދެ ދިވެހިންނާއި ބިދޭސީއަކު ދަތުރުކުރި

  • ޑީންގީ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިރޭ 18:12 ހާއިރު

  • މި ޑިންގީ ދަތުރުކޮށްފައިވަނީ ގދ. ފިޔޯރީން ގއ. ދެއްވަދޫއަށް

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ގދ. ފިޔޯރީން ގއ. ދެއްވަދޫއަށް ކަރާ ހިފައިގެން ދަތުރުކުރި ޑިންގީއެކެވެ. މި ޑިންގީ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެންއެންޑީއެފް ކޯސްގާޑަށް ލިބިފައިވަނީ މިރޭ 18:12 ހާއިރެވެ. މި ޑިންގީގައި ދެ ދިވެހިންނާއި ބިދޭސީއަކު ތިބިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ޑިންގީ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ޑިންގީއަށް މިހާރު ސަލާމަތުން ދެއްވަދޫއަށް ދެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.