ކުޅިވަރު

އިންޑިއާގެ ރޭވުމަކީ ފަހުން ބެޓްކުރުން، ވިކެޓް ކީޕަރަށް ނުކުޅެވިދާނެ


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ބޭނުންވަނީ ފުރަތަމަ ހޮވަން ނުކުންނަން ކަމަށާއި، އެކަމަކު މެޗުގައި ވިކެޓް ކީޕަރު އަދި ބެޓްސްމަން ރިޝަބް ޕަންޓަށް ކުޅޭވެނެކަމުގެ ޔަގީންކަން ނެތް ކަމަށް އިންޑިއާއިން ބުނެފިއެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމުގައި ކުޅޭ މެޗުގެ ކުރިން އިންޑިޔާގެ ޓީމުގެ މުހިންމު ކުޅުންތެރިޔާ ޝުބްމަން ގިލް މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ ވިކެޓް ކީޕަރު އަދިވެސް މުޅިން ފިޓްނުވާ ކަމަށެވެ.

މުބާރާތުގައި އިންޑިޔާ ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާ ދެކޮޅަށް ވެސް އޭނާ އަށް ނުކުޅެވުނު އިރު މި މުބާރާތުގެ ކުރިން އިންގްލޭންޑާ ދެކޮޅަށް ވެސް ކީޕަރަށް ނުކުޅެވުނެވެ.

ނަމަވެސް ޝުބްމަން ގިލް ބުނީ ޕާކިސްތާން މެޗުގައި ކީޕަރަށް ނުކުޅެވެނީ ހުން އައިސްފައި ހުރުމުން ކަމަށެވެ.

"ރިޝާބް ޕަންޓް ވަނީ ވަރަށް ބޮޑަށް ހުން އައިސްފައި. މީގެ ސަބަބުން އޭނާ އަށް ޕްރެކްޓިހުގައި ބައިވެރި ނުވެވުނު،" ޝުބްމަން ގިލް ބުންޏެވެ.

ޓީމުގެ ވައިސް ކެޕްޓަން ބުނީ ޕާކިސްތާނު މެޗުގައި އިންޑިޔާއިން ކުޅެން ރާވާނީ ދަނޑުގެ ހާލަތަށް ބަލާފައި ކަމަށެވެ.

"އަހަރުމެންގެ ވިސްނުމަކީ ދަނޑުގެ ހާލަތު ދެނެގެންފައި މެޗު ކުޅޭނެ ގޮތެއް ނިންމުން. އަހަރުމެންނަށް އެންމެ ފުރަތަމަ ހޮވަން ލިބިއްޖެނަމަ ވަރަށް ރަނގަޅުވާނެ. ބެޓްސްމަނަކަށް ބަލާއިރު އެންމެ މުހިންމު ކަމަކީ އެންމެ ފުރަތަމަ ވެސް ދަނޑުގެ ހާލަތު ދެނެގަތުން. އަހަރުމެން ކުޅެން ވާނީ ވަރަށް ވަރުގަދަ އަށް، ދޫދިނުމެއްނެތި، މި މެޗުގައި ބެޓްކުރަން ފަށަން 260 ނުވަތަ 280 ލަނޑަކީ ރަނގަޅު ޓާގެޓެއް،" ޝުބްމަން ގިލް ބުންޏެވެ.

އޭނާ އަދި ބުނީ ދުބާއީގައި ކުޅޭއިރު މެޗުގެ ޓޮސް ދިމާވުމަކީ މާ މުހިންމު ކަމެއްނޫން ކަމަށެވެ.
"އިންޑީޔާ އާއި ޕާކިސތާން މެޗަކީ ބޮޑު މެޗެއް. މިއީ ފައިނަލަށްވުރެ ވެސް ބޮޑު މެޗެއް. އަހަރުމެން މޮޅަށް ކުޅެން ޖެހޭނެ، ޕާކިސްތާން ފަސޭހަކޮށް ނަގައިގެން ނުވާނެ،" ޝުބްމަން ގިލް ބުންޏެވެ.