މާވެޔޮ މަގުގައި ހުރި ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި 2 ބިދޭސީއަކަށް ފަރުވާދޭން ފަށައިފިއެވެ.
މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:10 ހާއިރުއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމާރާމާރީ ހިންގާފައިވަނީ ކެފޭގެ ކައްކާއަކަށް އުޅޭ ނޭޕާލް މީހަކާއި ހެލްޕަރަކަށް އުޅޭ ބަނގްލަދޭޝް މީހަކާ ދެމެދުއެވެ. މިދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ބަނގުލަދޭޝް މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.