ދުނިޔެ

ޖަރުމަނުވިލާތުން ދިފާއީ ޚަރަދުތައް އިތުރުކުރަނީ


ޖަރުމަނުވިލާތަށް ކުރިމަތިވަމުންދާ ބޭރުގެ ނުރައްކާތައް އިތުރުވަމުން ދާތީ ދިފާއީ ޚަރަދުތައް އިތުރުކުރަން ޖެހިފައިވާ ކަމަށް އެގައުމުގެ ޗާންސެލަރ އެންގެލާ މާކެލް ވިދާޅުވެއްޖެއެވެ. 

ބާލިންގައި ކުރިޔަށްދާ އިޤްތިސާދީ މަހާސިންތާއެއްގައި ވާހަކަދައްކަމުން މާކެލް ވިދާޅުވީ ޖަރުމަނުވިލާތުގެ ދިފާޢު ހޯދަންޖެހެނީ އެގައުމުން ކަމަށާ ވިލާތުގެ އިއްތިޙާދު އޮތީ މެންބަރު ގައުމުތައް ދިފާއުކޮށްދެވޭ ފަދަ ޙާލަތެއްގައި ނޫންކަމަށެވެ. އަދި ޖަރުމަނުވިލާތުގެ ދިފާއީ ކަންކަމުގައި ހަމައެކަނި ނޭޓޯއަށް ބަރޯސާ ވެގެން ތިބެވެން ނެތްކަމަށްވެސް މާކަލް ވިދާޅުވިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ އިއްތިޙާދީންގެ ލަޝްކަރުތަކުން ޖަރުމަނުވިލާތުގެ އޭރުގެ ނާޒީ ބާރުތައް ބަލިކުރުމާއެކު ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުމުގެ ސިޔާސަތުތަކެއް ގެންގުޅެން ޖަރުމަނުވިލާތަށް ވަނީ މަޖްބޫރުވެގެން ގޮސްފައެވެ. 

މިއާއެކު އެމެރިކާގެ ބޮޑު ލަޝްކަރެއް ޖަރުމަނުވިލާތުގައި ރުކުރުވާލުމުން ދިފާއީ ކަންކަމަށް ކުރާ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށް ޖަރުމަނުވިލާތް ވަނީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއާ ދިމާއަށް މިސްރާބު ޖަހާފައެވެ. ނަމަވެސް މިފަހަކަށް އައިސް ޖަރުމަނުވިލާތުން ވަނީ އަނެއްކާވެސް ދިފާއީ ކަންކަމަށް ކުރާ ޚަރަދުތައް އިތުރުކޮށް އެދާއިރާއަށް ސަމާލުކަން ދޭން ފަށާފައެވެ.