ރަޝިއާ ބަލިކޮށް ސްލޮވާކިއާ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޔޫރޯފުޓްބޯޅަ މުބާރާތުގައި މިއަދު ރަޝިއާ އަދި ސްލޮވާކިއާ ވާދަކުރިމެޗް ސްލޮވާކިއާކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ. މެޗްގެ ފުރަތަމަ ދެލަނޑު ޖަހާ ކުރިހޯދިސްލޮވާކިއާއެވެ. މިދެލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ވައިސް އަދި ހަމްސިކްއެވެ.
ދެވަނަ ހާފްގައި ރަޝިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ގުލްޝެކޯފްއެވެ.މިގްރޫޕްގައި ރަޝިއާއަށް އެއްޕޮއިންޓް ލިބިފައިވާއިރު މިއަދު ހޯދި ތިންޕޮއިންޓާއެކު ސްލޮވާކިއާ ވަނީ ދެވަނައަށް ޖެހިލާފައެވެ.
ގްރޫޕް ބީގައި އިންގްލެންޑާވޭލްސް ވާދަކުރާ މެޗް ކުޅޭނީ މާދަމާއެވެ. މިމެޗް ފަށާނި ރާއްޖެގަޑިން އިރުއޮއްސި ހަގަޑި ސުންމިނިޓްގައެވެ.