ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ތަޢުޒިޔާ ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ.
އަދި މަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހިމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް ދުޢާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) October 14, 2024
ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ، ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއިއެކުއެވެ.… pic.twitter.com/Vd69jCCWL4
މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ ވަގުތެއްގައި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެންނެވެ.
ޢަބްދުލްޣަފޫރު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރައްވާފައެވެ.