ޚަބަރު

ބީއެމްއެލްގެ ބޯޑުން ވަކިވިޔަސް، ޑެޕިއުޓީ ސީއީއޯގެ މަޤާމުގައި އައިޝަތު ނޫރައްދީން ދެމިހުންނަވާނެ


  • އިސްތިއުފާ ދެއްވީ މި މަހުގެ 25 ވަނަ ދުވަހު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބޯޑުން އާއިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ 2020 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު ބީއެމްއެލްގެ ބޯޑަށް އައްޔަންކުރެއްވި އާއިޝަތު ނޫރައްދީން ބެންކުގެ ބޯޑުން އިސްތިއުފާ ދެއްވީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އަދާކުރައްވަމުން ގެންދަވާ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ދެމިހުންނަވާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

އާއިޝަތު ނޫރައްދީނަކީ ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982 ގައެވެ.