ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 16:10 އިން މިރޭ 20:30އާ ހަމައަށެވެ. މި ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ.
Alert yellow for torrential rain pic.twitter.com/q1tbclLaUY
— Maldives Meteorology (@MetMaldives) August 13, 2024
ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ބުނެއެވެ. އެހެންކަމުން ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.